ދަރިފުޅަށްޓަކާ

މައިސުރުޚީއެއް

This is the heading

Lorem ipsum dolor sit amet consectetur adipiscing elit dolor

This is the heading

Lorem ipsum dolor sit amet consectetur adipiscing elit dolor
Click Here
ބޮޑު ސަރަހައްދެއް ނަގައިގެންނެވެ. އެހެންވެ، އިންޑިއާ ކަނޑަކީ ދިވެހިންގެ ވެސް ކަނޑެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެއީ މިހާރު ދިވެހިރައްޔިތުންނަށް އެނގޭ ކަމެއް ކަމަށާއި، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަކީ އެއްވެސް ގޮތަކަށް ދިވެހިން އެދޭ ކަމެއް ނޫން ކަން ހާމަވަމުންދާ ކަމަށް ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ސަރުކާރުން ބުނަމުން ދިޔައީ ރާއްޖޭގައި ތިބި އިންޑިއާގެ ފަންނީ ބައެއް ކަމަށް ކަމުގައެވެ. އެކަމަކު، އިންޑިއާ ސިފައިން ތިބި ކަމަށް ފަހުން ސަރުކާރުން އެއްބަސްވި ކަމަށް ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ މިކަމުގެ ނުރައްކާތެރިކަން އެނގި ތިބެ މިކަމާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ނުނިކުތުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުން މިއަދު މިކަމާ ދެކޮޅަށް ނިކުމެ ތިބި ކަމަށެވެ. އަދި ދިވެހި ސިފައިންގެ ހިދުމަތް ދިވެހިންނަށް ފުދޭ ކަމަށާއި އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ. “މިއީ އަހަރުމެންގެ ގައުމު. އަހަރުމެންނަށް އަހަރުމެންގެ ސިފައިންގެ ހިދުމަތް ފުދޭ. އަހަރުމެންނަށް އަހަރުމެންގެ ފުލުހުންގެ ހިދުމަތް ފުދޭ. އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުން އަޅުގަނޑުމެންގެ ރައްކާތެރިކަން ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކޮށްދޭނެ. އެކަމަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ އިތުރު ބަޔަކު އައިސް ތިބޭކަށް. ކަމެއް ނުޖެހެނީސް މިތަނަށް އިންޑިއާ އަސްކަރިއްޔާ އައިސް ތިބޭކަށް ނުޖެހޭ،” ޔާމީން ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖެ އަށް އައިސް ތިބީ އެހެން ބޭނުމެއްގައި ކަމަށާއި މާތް ﷲ ގެ ރަހްމަތުން އެ ކަން ހާމަވެ “ލޮލަށް ސާފުވަމުންދާ” ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އިންޑިއާއެކު ރާއްޖެ އިން ގާއިމު ކުރި އެއްބަސްވުންތައް ލިބޭ ދުވަހު ރައްޔިތުން މަގުތައް މައްޗަށް ނުކުންނާނެ ކަމަށް ވިދާޅުވިއެވެ. މި އެއްބަސްވުންތަކުގައި ރައްޔިތުންގެ ހައްގުތައް ދޫކޮށްލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝެއަރ ކޮށްލާ:

Share on facebook
Share on twitter
Share on pinterest
Share on linkedin
ލިޔުންތެރިޔާ

ލިޔުންތެރިޔާ

3.5 2 ވޯޓު
މިލިޔުން ރޭޓް ކުރައްވާ
guest
1 ޚިޔާލު
އެންމެ ކުރީގެ
އެންމެ ފަހުގެ އެންމެ ގިނަ ވޯޓު
ލިޔުންތެރޭ ޚިޔާލު
ހުރިހާ ޚިޔާލެއް ދައްކާ

ސޯޝަލް މީޑިއާ ލިންކުތައް

އެންމެ މަގުބޫލު

ދަރިފުޅަށްޓަކާ

ގުޅުންހުރި

Education Template

1
0
ތިބޭފުޅާގެ ޚިޔާލު ހުށަހަޅުއްވާ!x
()
x